Tuesday, April 14, 2015

އެކްޓިވިޓީ 1



ސުރުޚީ: އަދަބީ ބަސް 

ގްރޭޑް:

މަޤުޞަދު: - ގިނަ އަދަދެއްގެ އަދަބީ ބަސް ތަކެއްގެ މާނަ ދަރިވަރުން ދަސްކުރުން.

ގެންދާނެ ގޮތް:
- އަދަބީ ބަސް ލިޔެފައިވާ ކާޑު ކޮޅުތަކެއް ގެން ގޮސް ކޮންމެ ކުއްޖަކަށް އެއްކާޑު ކޮޅު ދިނުން.
- ކޮންމެ ކުއްޖަކު ވެސް އެކުއްޖަކަށް ލިބުނު ބަސް އެނގޭތޯ ބެލުމަށް ބުނުން. އެގުނަސް މުދައްރިސު ސުވާލު ނުކުރަނީސް ޖަވާބު ނުކިޔުމަށް ބުނުން.
- ކޮންމެ ކުއްޖަކު ވެސް ޕާޓުނަރަކު ހޯދައިގެން އެކުއްޖެއްގެ އަދަބީ ބަހުގެ މާނަ އެކުއްޖާއަށް ކިޔައިދިނުން. 
- ދެކުދިންވެގެން ލިބިފައިވާ ބަހުގެ މާނަ ހޯދުން.
ކޮންމެ ދެކުއްޖަކު އަނެއްކާވެސް އެހެން ގްރޫޕަކަށް ގޮސް އެކުދިންގެ ބަހުގެ މާނަ ކިޔައިދިނުން.
-         މިހާރު ކޮންމެ ގްރޫޕެއްގައިވެސް ތިބޭނީ 4 ކުދިންނެވެ. އަދި ފައިނަލް ގްރޫޕަށް ގޮސް ގްރޫޕުގެ ހުރިހާ ބަސްތަކެއްގެ މާނަ ކުލާހަށް ހުށަހަޅާނީއެވެ.
-         މިގޮތުން ވީހާވެސް ގިނަ ގްރޫޕު ތަކަކަށް ފުރުސަތު ދޭންވާނެއެވެ.

No comments:

Post a Comment