ސުރުޚީ: ބަހުސް ކުރުން (ރަށުގެ ޗަކަބިން ފައިދާ ހުރިގޮތުގައި ބޭނުން ހިފިދާނެތޯ
ނުވަތަ ނޫންތޯ)
ގްރޭޑް: 9
މަޤުޞަދު: - ދުނިޔޭގެ ކަންތައްތަކާމެދު ތަފާތު ނަޒަރު ތަކުން ވިސްނައިގެން
ބަހުސްކުރާނެ ޕޮއިންޓުތަކެއް ނެގުން.
-
ތަފާތު ނަޒަރުތަކުން ވިސްނުމުގެ ޤާބިލިއްޔަތު ލިއްބައިދިނުން.
-
ބިނާ ކުރުވަނިވި ޚިޔާލުތަކެއްގެ މައްޗަށް ބަހުސްކުރުން.
ގެންދާނެ ގޮތް:
-
ކޮންމެ ގުރޫޕެއްގައި 6 ކުދިން ހިމެނޭ ގޮތަށް ކުލާސް 4 ގްރުޕަކަށް ބަހާލުން.
-
ކުދިންނަށް ރަށުގެ ޗަކަބިން ހިމެނޭ ސަރަހައްދުގެ ވީޑިޔޯއެއް ދައްކާލުން.
ކޮންމެ ކުއްޖަކުވެސް ލޯމަރާލުމަށްފަހު އެއްމިނިޓުވަންދެން ވީޑިޔޯއާއިމެދު
ވިސްނާލުމަށް ބުނެ ވަގުތު ކޮޅެއްދިނުން.
-
މިވީޑިޔޯގެ އެހީގައި ބަހުސްކުރަން އުޅޭކަމަށްބުނެ ސުރުޚީ ކިޔައިދިނުން.
-
ޗަކަބިން ސަރަހައްދާ ބެހޭގޮތުން ކުދިންނާ މުދައްރިސާ ދެމެދު ވާހަކަދައްކާ
މަޝްވަރާ ކުރުން.
-
ތަފާތު ގޮތްގޮތަށް ވިސްނައިގެން ބަހުސްކުރާނެ ޕޮއިންޓު ނޯޓުކުރުމަށް
ގޮރޫޕުތަކަށް 8 މިނިޓު ދިނުން.
-
ނޯޓުކުރެވުނު ޕޮއިންޓުތައް މުދައްރިސު ކުޑަކޮށް މަތިމަތިން ބަލާލުން. އަދި
ޚިޔާލެއް ދޭން އޮތްނަމަ ޚިޔާލު ދިނުން.
-
ބަހުސް ކުރިޔަށް ގެންދިއުން.