Wednesday, April 29, 2015

އެކްޓިވިޓީ 4



ސުރުޚީ: އަޑުއެހުމުގެ ދޭހަ
ގްރޭޑް: 8
މަޤުޞަދު: - އަޑުއިވޭ އެއްޗެއްގެ މައްޗަށް ބިނާކޮށް ދެވޭ ކަރުދާހުގެ މަސައްކަތް ކުރުން.
       - ޅެން އަޑުއަހައިގެން ދެވޭ 10 ސުވާލުގެ ތެރެއިން މަދުވެގެން 8 ސުވާލަށް ޖަވާބު ލިޔުން.
ގެންދާނެ ގޮތް:
- ގެންދަން އުޅެނީ އަޑުއެހުމުގެ ފިލާވަޅެއް ކަމަށާއި އަދި ހުރިހާ ކުދިންވެސް ރަނގަޅަށް ވިސްނުންތެރިކަމާއިއެކު އަޑުއެހުމަށްބުނުން. އަދި މިއަޑުއެހުމުގެ ދޭހައިގަ ކުރިއަށް ގެންދާނެ ކަންތައްތައް ކިޔައިދިނުން.  
- ފުރަތަމަ ސުވާލު ކަރުދާސް ނުދީ ޅެން އަނގަބަހުން މުދައްރިސު ކިޔައިދިނުން.
- ހުސްތަންފުރާގޮތަށް ޅެމުން ތައްޔާރުކޮށްފައިވާ ކަރުދާހެއް ކުދިންނަށް ދިނުން.
- ދެވަނަފަހަރު މުދައްރިސު ޅެން އަޑު އިއްވަމުންދާއިރު މަސައްކަތް ފުރިހަމަކުރުމަށްބުނެ ޅެން ކިޔައިދިނުން.
- ތިންވަނަފަހަރު ޅެން އަޑުއިއްވުމުގެ ކުރިން އަނެއްފުށުގައިވާ 10 ސުވާލު ކިޔާލުމަށް ބުނުން އަދި ޖަވާބު އެނގޭ ސުވާލުތަކަށް ޖަވާބު ލިޔުމަށް ބުނެ ވަގުތުކޮޅެއްދިނުން. މިފަހަރު އަޑުއިއްވާ އިރު މަދުވެގެން 8 ސުވާލުގެ ޖަވާބު ލިޔަންވާނެކަމަށް ބުނުން. އަދި ތިންވަނަފަހަރު އަޑު އިއްވުން މިފަހަރު އަޑުއަހަމުން ސުވާލުތަކުގެ ޖަވާބުހެދުމަށްބުނެ ހެއްދުން.
- ކުދިން ލިޔުނު ޖަވާބުތައް ރަނގަޅުތޯ ބެލުމަށް ޖަވާބު ކިޔައިދިނުން.


Tuesday, April 28, 2015

activity 3



ސުރުޚީ: މަޒުމޫނު ލިޔުން.
ގްރޭޑް: 9
މަޤުޞަދު: - ޓިއުޝަން ދިނުމަކީ ކޮންކަހަލަ ކަމެއް މި މައުޟޫއަށް ތަފާތު ނަޒަރު ތަކުން ވިސްނައިގެން މަޒުމޫނެއް ލިޔުމަށް ޕޮއިންޓު ނެގުން.
-         ތަފާތު ނަޒަރުތަކުން ވިސްނުމުގެ ޤާބިލިއްޔަތު ލިއްބައިދިނުން.
ގެންދާނެ ގޮތް:
-         ކުލާހުގެ ކުދިން 4 ގްރުޕަކަށް ބަހާލުން.
-         މަޒުމޫނު ލިޔުމަށް ޚާއްޞަކޮށްފައިވާ މަޢުޟޫ ކޮންމެ ގްރޫޕަކަށް ދިނުމަށްފަހު މަޢުޟޫއާމެދު ވިސްނާލުމަށް ވަގުތު ކޮޅެއްދިނުން.
-         މަޒުމޫނު ލިޔުމަށްޓަކައި މަޢުލޫމާތު އެއްކުރުމަށްޓަކައި ޓޯނީ ރަޔާންގެ ތަޅުދަނޑިތަކުގެ ތެރެއިން 4 ތަޅުދަނޑިއެއް ތައާރަފު ކުރުން. އަދި 4 ގުރޫޕަށް 4 ތަޅުދަނޑި ދިނުން.
-         ފުރަތަމަ ގުރޫޕަށް "ވިނަމަ ތަޅުދަނޑި" ދިނުން. މިގުރޫޕުން މަޝްވަރާ ކުރާނީ ޓިއުޝަން ދިނުމުން ކުރިމަތިވާ މައްސަލަތަކާ ބެހޭގޮތުންނެވެ. މިގޮތަށް މަޝްވަރާކޮށްގެން 5 ޕޮއިންޓު ނޯޓުކުރުވުން.
-         ދެވަނަގުރޫޕަށް "ގެއްލުންބުނެދޭ ތަޅުދަނޑި" ދިނުން. އަދިޓިއުޝަން ދިނުމުގެ ހުރި ގެއްލުންތަކާބެހޭގޮތުންމަޝްވަރާކޮށް 5 ޕޮއިންޓު ނޯޓުކުރުވުން.
-         ތިންވަނަ ގުރޫޕަށް "ތަފާތުގޮތްތަކުގެ" ތަޅުދަނޑި ދިނުން. އަދި ޓިއުޝަންނުދީ އެހެން ގޮތްގޮތުން ފެންވަރު ރަނގަޅު ކުރާނެ ގޮތުގެ މައްޗަށް މަޝްވަރާކޮށް 5 ޕޮއިންޓު ނޯޓުކުރުވުން.
-         ހަތަރުވަނަ ގުރޫޕަށް "ބިނާކުރުމުގެ" ތަޅުދަނޑި ދިނުން. އަދި ގެއްލުން ކުޑަ ގޮތަކަށް ޓިއުޝަން ދެވެން އޮތް ގޮތެއް މަޝްވަރާކޮށް 5 ޕޮއިންޓު ނޯޓުކުރުވުން.
-         ހުރިހާ ގުރޫޕުތަކެއްގެ ޕޮއިންޓު ތަކުގެ ތެރެއިން އެންމެ ރަނގަޅު މުހިންމު 5 ޕޮއިންޓު ކަނޑައެޅުން.
-         ނެގުނު 5 ޕޮއިންޓު މަޒުމޫނު ލިޔުމަށްޓަކައި ހުރިހާ ކުދިންގެ ފޮތުގައި ނޯޓު ކުރުމަށް ބުނުން.


Tuesday, April 14, 2015

އެކުޓިވިޓީ 2



ސުރުޚީ: ސިޓީ ލިޔުން
ގްރޭޑް:
މަޤުޞަދު: - ހަގީގީ ދިރިއުޅުމުގައި ދިމާވާ ކަންތައްތަކުގެ މައްޗަށް ބިނާކޮށް ސިޓީ ލިޔުން.
       - ތެދުމަޢުލޫމާތު ހިމަނައިގެން ސިޓީ ލިޔުން.
ގެންދާނެ ގޮތް:
- ކުލާސް 5 ކުދިންގެ ގްރޫޕު ތަކަކަށް ބަހާލުމަށް ފަހު ތައްޔާރު ކޮށްފައިވާ ސިޓީ ނޯޓު ކޮންމެ ގްރޫޕަކަށް ދިނުން. 
- ގްރޫޕުގައި މަޝްވަރާ ކޮށްގެން ސިޓީ ނޯޓަށް ސިޓީ ލިޔުމަށްޓަކައި ޕޮއިންޓު ނޯޓު ކުރުމަށް ބުނުން.
- ސިޓީގެ އޮނިގަނޑުގައި ހިމަނާނެ ބައިތަކާ ބެހޭ ގޮތުން މަޝްވަރާކޮށް މަޢުލޫމާތު އެއްކުރުމަށް ބުނުން.
- ވަކި ވަކި ކުދިން ލައްވާ ސިޓީ ލިޔުމަށް ހަވާލު ކުރުން.