Friday, May 1, 2015

އެކުޓިވިޓީ 5



ސުރުޚީ: ބަހުސް ކުރުން (ރަށުގެ ޗަކަބިން ފައިދާ ހުރިގޮތުގައި ބޭނުން ހިފިދާނެތޯ ނުވަތަ ނޫންތޯ) 
ގްރޭޑް:
މަޤުޞަދު: - ދުނިޔޭގެ ކަންތައްތަކާމެދު ތަފާތު ނަޒަރު ތަކުން ވިސްނައިގެން ބަހުސްކުރާނެ ޕޮއިންޓުތަކެއް ނެގުން.
-         ތަފާތު ނަޒަރުތަކުން ވިސްނުމުގެ ޤާބިލިއްޔަތު ލިއްބައިދިނުން.
-         ބިނާ ކުރުވަނިވި ޚިޔާލުތަކެއްގެ މައްޗަށް ބަހުސްކުރުން.
ގެންދާނެ ގޮތް:
-         ކޮންމެ ގުރޫޕެއްގައި 6 ކުދިން ހިމެނޭ ގޮތަށް ކުލާސް 4 ގްރުޕަކަށް ބަހާލުން.
-         ކުދިންނަށް ރަށުގެ ޗަކަބިން ހިމެނޭ ސަރަހައްދުގެ ވީޑިޔޯއެއް ދައްކާލުން. ކޮންމެ ކުއްޖަކުވެސް ލޯމަރާލުމަށްފަހު އެއްމިނިޓުވަންދެން ވީޑިޔޯއާއިމެދު ވިސްނާލުމަށް ބުނެ ވަގުތު ކޮޅެއްދިނުން.
-         މިވީޑިޔޯގެ އެހީގައި ބަހުސްކުރަން އުޅޭކަމަށްބުނެ ސުރުޚީ ކިޔައިދިނުން.
-         ޗަކަބިން ސަރަހައްދާ ބެހޭގޮތުން ކުދިންނާ މުދައްރިސާ ދެމެދު ވާހަކަދައްކާ މަޝްވަރާ ކުރުން.
-         ތަފާތު ގޮތްގޮތަށް ވިސްނައިގެން ބަހުސްކުރާނެ ޕޮއިންޓު ނޯޓުކުރުމަށް ގޮރޫޕުތަކަށް 8 މިނިޓު ދިނުން.
-         ނޯޓުކުރެވުނު ޕޮއިންޓުތައް މުދައްރިސު ކުޑަކޮށް މަތިމަތިން ބަލާލުން. އަދި ޚިޔާލެއް ދޭން އޮތްނަމަ ޚިޔާލު ދިނުން.
-         ބަހުސް ކުރިޔަށް ގެންދިއުން.